މުއިއްޒު އައިސާ އެލްސޯފާ ސްކޭންޑަލް

#ރާއްޖެއަދުލްއިންސާފު މިދެކެވެނީ އާދައިގެ ވާހަކައެއް ނޫނެވެ!ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮފީސް ތެރޭގަ އަހުރެމެންގެ އަންހެން ދަރިއެއްވަރު ޒުވާން އަންހެނަކު ރައީސް މުއިއްޒުގެ "ޖިންސީ ޝިކާރަ" އަކަށް،ވީގޮތުގެ ވާހަކައެވެ.މީޑިއާގަ ވައިރަލް ވެ މިފެންނަނީ ރައީސް މުއިއްޒުގެ ބޮލުގަ ރޭޕްގެ ތުހުމަތު އެޅުވިގެންދާ ތަނެވެ. މިގައުމުގެ ރައީސުލް ޖުމްހުރިއްޔާ އަދި މަޖިލީސް މެމްބަރުން ދައުލަތުގެ ބާރުތަކުގެ ވެރިން އެމީހުންނާ ހަވާލުކުރެވުނު "އަމާނަތް" ނުވަތަ މަސްއޫލިއްޔަތު އަދާ ކުރުމަށް އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަންކުރުމަށް ﷲ ގަންދީ ހުވާކުރީ މިގޮތަށް ވާޖިބު އަދާކުރަން ހެއްޔެވެ؟ މަޖިލީހާ އެނޫން އިދާރާތަކުގަ އަންހެނުން ބާރުވެރިކުރަން ގޮނޑިތައް ރިޒާވް ކޮށް އެގޮނޑި ތަކުގަ ވެޑުވި ތިބި އަންހެނުންގެ މަސްއޫލިއްޔަތެއް ނޫނީ އަދާކުރަންޖެހޭ އަމާނާތެއް ނެތީހެއްޔެވެ؟ އަންހެނަކަށް ލިބުނު އަނިޔާ އޭނާ ބަންޑުން ޖަހާލުމުން އޭނާގެ ހައްގުގަ ބަސްބުނާނެ އަންހެން މެމްބަރަކު ނޫނީ ޖަމިއްޔާއެއް ވެސް ނެތީ ކީއްވެ ހެއްޔެވެ؟ އަންހެން ދަރިއެއްގެ ކަރާމަތް ނަގާލާއިރު ވެރިން މިތިބީ މާބޮޑަށް އިއްޒަތްތެރިވެ ބަސް ހުއްޓިފައެވެ. ވެރިއެއްގެ ފުރަތަ ވާޖިބަކީ އަދުލް އިންސާފު ގާއިމް ކުރުމެވެ.އިންސާނީ ކަރާމަތް ނެގެހެއްޓުމެވެ.ތަފާތު ނުކޮށް އިންސާފުގެ ގިސްތު ގާއިމް ކުރުމެވެ.އަދުލް އިންސާފު ގާއިމް ކުރުމުގަ ދެމިތިބުމެވެ. މުއިއްޒުގެ ބައްޕަ ލިޔުއްވި ފޮތުގެ އެއްވެސް ބާބެއްގަ އިންސާފު" ، މި ބަސްވެސް ނެތީހެއްޔެވެ؟" މިމައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް އަހުރެން ގަބޫލުކުރަމެވެ .Source:D   / 1dufcjdaeg   #MuizzuLSofaCase #Aisha #LSofaCase #dhivehingeraajje