Nabavee Gahakun Farivee Dhemalun | Dhivehi Madhaha

Nabavee Gahakun Farivee Dhemalun ޢުޘްމާން ބުން ޢައްފާން رضي الله عنه އަކީ އެންމެ ފުތަރަމަ އިސްލާމުވެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމުވެވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ އަތްޕުޅުގެ މައްޗަށެވެ. އެއަށްފަހު އެކަލޭގެފާނު ވެގެން ދިޔައީ ޞިފަފުޅުތަކުގައްޔާއި އަޚްލާޤުގައި މީސްތަކުންނަށް ހުރި ނަމޫނާއަކަށެވެ. އެއީ އީމާންތެރިކަން ނުހަނު ވަރުގަދަ ބޭކަލެކެވެ. ކެތްތެރި، ޢަފޫކުރައްވާ، ދީލަތި، އިޙްސާންތެރި އަދި މީސްތަކުންނަށް ރަޙުމުކުރައްވާ ބޭކަލެކެވެ. މުއުމިނުންގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި އެކަލޭގެފާނުގެ މުދަލުން ނުހަނު ގިނައިން ހޭދަކުރެއްވިއެވެ. އަދި ނިކަމެތިންގެ ކަންކަން ފަސޭހަކޮށްދެއްވިއެވެ. އަދި އެކަލޭގެފާނާ ދެކޮޅުވެރިވީ މީހުންގެ އަތްމަތިން އެކަލޭގެފާނު ޝަހީދުވެއްޖައުމަށް ދާންދެން އެބައިމީހުންގެ ކަންތަކުގައިވެސް ކެތްތެރިވެވަޑައިގެންނެވިއެވެ. رضي الله عنه.