Roshan Vanee mi Hasthee - Madhaha Lyrics

Dhivehi Madhaha Roshan Vanee mi Hasthee with Lyrics ޅެން : ރޯޝަން ވަނީ މިހަސްތީ ރޯޝަން ވަނީ މިހަސްތީ ތަރިޔާ ހަނދާ ފަޒާޔާ ނޫރުންނެ މާތް އިލާހީ (2×) ނުނިވޭނޭ ތިޔަ ނޫރް (3×) ފަލަކާ އުޑާއި ކައުނާ ބިން ހެއްދެވީ އިލާހޭ (2×) އަބަދަށް ދެމިވޮޑިގެންވާ މާތްވީ ތިއީ އިލާހޭ ... ތިޔަނޫން އެހެން އިލާހެއް މިވުޖޫދުގައި ކޮބާހޭ ރޯޝަން ވަނީ މިހަސްތީ ނުނިވޭނޭ ތިޔަ ނޫރް ތޯހިރުވި ރޫޙުތައް މާތް ކިޔަނީ ޘަނާއި ޙަމްދާ (2×) ތަސްބީޙަ މާތްވި ކިޔައޭ މިހިތާއި ރޫޙު ވިންދާ.. ތިޔަ ޙަޟްރަތަށް މެ ނޫނީ އަޅަމެން ރުޖޫޢު ވޭހޭ ރޯޝަން ވަނީ މިހަސްތީ ނުނިވޭނޭ ތިޔަ ނޫރް (3×) ތީ އަޅުގެ މާތް އިލާހޭ މިބިމާއި އުޑުގެ ނޫރޭ މުޅި ކާއިނާތުގައި ވޭ ތިޔަރީތި މާތްވި ނޫރޭ އެދި ޖަންނަތަށް މިކުރަނީ ފޮނި އިންތިޒާރު ނޫންހޭ ރޯޝަން ވަނީ މިހަސްތީ ތަރިޔާ ހަނދާ ފަޒާޔާ ނޫރުންނެ މާތް އިލާހީ ރޯޝަން ވަނީ މިހަސްތީ ނުނިވޭނޭ ތިޔަ ނޫރް (3×) ނުނިވޭނޭ ތިޔަ (5×) ނުނިވޭނޭ ތިޔަ ނޫރް ********