Kuran Vi Hadhaanaai Zikraa Thakey Miee - Rashaad |Dhivehi Madhaha |
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ ------------------------ ޅެން:ޔޫސުފް މުހައްމަދުފުޅު ކިޔާފައިވަނީ:މުޙައްމަދު ރަޝާދު ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ ކުރަންވީ ހަނދާނާއި ޒިކުރާ ތަކޭމީ ލިބުން ޙައްޤު ނަޞްރާ ނަޞީބޭ ވިދާމީ އިލާހިއްޔަ ޤާނޫނަކީ ދީން އިސްލާމް ފިލާ ސާފުވީ ވާޤިޢާ އޭ ދެކޭމީ ކުރަންވީ ހަނދާނާއި... މިމާތްދީން ޙިމާޔަތްވެ ކުރިޔަށް އަރާނޭ އެސާހިތު ޢަދާވާތްތެރިން ބަލިވެދާނޭ މިސާލުންނެ އީމާންކަމުގެ ހިތްތަކަށް އައި ނުދާނޭ ފިލާ އިޢުތިޤާދޭ ގެނައި މީ ކުރަންވީ ހަނދާނާއި ދަތުރުކޮށް މަދީނާގެ ކައިރިންނެ ދާތީ ޚަބަރު ލިބިވަޑައިގެންނެވީ ޤާފިލާއެއް ޣަނީމާގެ ނިޢުމަތް އެއިން ދެއްވަވާތޯ ޞަޙާބީންގެ މަދު ޢަދަދެކޭ ހޮއްވެވީމީ ކުރަންވީ ހަނދާނާއި... ރަސޫލާ އެ އަސްޙާބުނާއެކު ކުރައްވާ ދަތުރުފުޅުގެ ޚަބަރެއް މިލިބި މުޝްރިކުންނޭ ސަލާމަތް ކުރަން ޤާފިލާތައް ނުކުންނަން އަބޫޖަހުލު ވެރިއެއް ކަމަށް އިސްނެގީމީ ކުރަންވީ ހަނދާނާއި... ވަޑައިގަތް ވަގުތު އާދެ! ރައުޙާއި ހަމައިން ޢަދުއްވުންގެ ހުރިހާ ކަމެއް އެނގި ވަޑައިގެން ހިނގާފާނެ ހަނގުރާމައެއް އެއުރެނަށް މާތް އިޝާރާތްޕުޅުން ރީތިކޮށް އެންގެވީމީ ކުރަންވީ ހަނދާނާއި.... ބައެއް މޫނުތައް ކިލަނބުވާ ޒާތު ކުލަތައް އައީ މީސްކޮޅުގެ މަދުކަމުންނޭ މިލަޝްކަރު ތެރޭން މާތް ދުލެއް ހަމަ ޔަޤީންކޮށްދިނީ މީ މިސާލަށް އެހެން އުންމަތެއް ހުށަހަޅާމީ ކުރަންވީ ހަނދާނާއި.... މުދާ ޤާފިލާގައި ވި ވެރިޔާގެ ހުނަރުން ފިލައިގެން ރައްކައު ވަނީ ޤާފިލާ ދެން ކަމާމެދު ފިކުރުކޮށް ޢަދުއްވުންގެ ލަޝްކަރު އެނބުރި ވަޒަނަށް ދާން ޚިޔާލުން އެ ނިންމީ ކުރަންވީ ހަނދާނާއި.... އެހެންނަމަވިޔަސް ދެން މިއުންމަތުގެ ފިރުޢައުނު ބަދުރުގާ އަރާމާ އުފާކޮށް ހަދައިގެން މެޔޭ އެނބުރިދާނީ ކިޔާ ހައްލުވައިގެން ދެކޮޅުވެރި އެތައް މޫނެކޭ އަބުރުވާމީ ކުރަންވީ ހަނދާނާއި.... އެތަންވަޅު ރަޒީމެއް ކަމަށްވީ އެ ޝައިޠާން އެހީވާން ކަމަށް ވަޢުދު ކޮށް އެމީހުން ހިތަށް ހިތްވަރެއްދީ މި ހަނގުރާމައަށް ދާން ގޮތެއް ހުށަހަޅާފައި އެކެހިތައް ދިނީމީ ކުރަންވީ ހަނދާނާއި.... ސަމާވިއްޔަ ޤާނޫނުގައި ތިބި ލަޝްކަރު ފޮނުއްވީ ޢަލީއާ ޒުބައިރޭ ފިލުއްވަން ޚަބަރުތައް ޢަދުއްވުންގެ ހޯއްދެވުމުގެ ދެން އިތުރު ކާމިޔާބީ ކުރެއްވުން ވަނީމީ ކުރަންވީ ހަނދާނާއި.... އެސާހިތު ޢަދުއްވުން ފުރާލައިފިއޭ ދެން ފަރާތެއް އެމާ އުސްގޮތެއްގައިވި ދެކިގެން ބޮޑާބަސް ގޮވާ ލަވަކިޔާ އަންހެނުން ވެސް އުފާކޮށް ހެދީ ނަޞްރު ގެންނަން ކަމަށްމީ ކުރަންވީ ހަނދާނާއި.... މަރުގެ ރަހަ އެސާހިތު އެތާ ލިބެވިދާނޭ ތަނުން މުސްލިމުން ތިބި ފެނެއް ނުމެ ލިބޭނޭ ހަޅޭލައި މަލާމާތުގައި ހަރު އަޑުންނޭ ހުވައިތައް އެކުރަމުން ދެކޭ ހުވަފެނޭމީ ކުރަންވީ ހަނދާނާއި.... އެތަންވަޅު ދުޢާފުޅުގެ ބަރަކާތުގާއޭ ވިލާއިންނެ ވާރޭ ވެހެން ފައްޓަނީދެން މިމާތް ޙިކުމަތެއް ރޭވިގެން އައިގޮތުންނޭ ފަސޭހަވެ އައީ ސަބަބު އިސްލާމުންނަށްމީ ކުރަންވީ ހަނދާނާއި.... މިހެންވީފަހުން މުޝްރިކުންނަށް އުނދަގުލާ މުޞީބާތް އެ ޖެހުނީ އޮޅުންތައް އަރާހާ ފިލައިގެން އެދޭނަމަ ދަތުރު ނުމެ ވެވޭހާ ކިލާ، ކިސަޑުގައި ފޯވެފައި ދެންވަނީމީ ކުރަންވީ ހަނދާނާއި.... އިތުރު މުޞްޠަފާ ދެކެ މިވާ ސާފު ލޯބިން ޢަރީޝެއް ހަދައި ދެންނެވީ ދެން އެތާނގައި މުޖާހިދު އަޅުން ހެޔޮ ފިދާވާ މިމަންޒަރު އެމާތް ލޯފުޅުން ދެކެވަޑައިގަންނަވަންމީ ކުރަންވީ ހަނދާނާއި.. އިލާހީ އަޅަށް ދެއްވުމަށް ދަރުމަ ފުޅުގައި ވިނަޞްރާ ފަތަޙަ ދެއްވަވާނދޭ އުޖާލާ އިވޭ މުސްލިމުންނަށް މިހާދުރު މިނެއްގާ އިތުރު ކައު ރަސޫލާ ކުރެއްވެވި ކުރަންވީ ހަނދާނާއި.. އަބޫޖަހުލު ދެންވާ ބަލަން ނުތިބެމާހޭ އެ ނިކަމެތިވި މީސްކޮޅުގެ ވަސްފުހެލަމާހޭ ކިޔާފޯރިދީ ހެދުމަކުން ލޭ އެކެކިގެން އެއިން އެކަކު މަރުޖެހިގެނޭ އަންނަނީމީ ކުރަންވީ ހަނދާނާއި.. ފެނުން ޙައުޟުގައިވީ އެ މުސްލިމް ފަރާތުން މަވެސް ބޯނަމޭ ފެން ކިޔާދުވެ އައީމީ އިތުރު މާތްވި ޙަމްޒާގެ އެތިފަހަރަކުންވާ ޤަތުލުވެވި ބިމަށް އޭނަ ދެން ވެއްޓުނީމީ ކުރަންވީ ހަނދާނާއި.. ދެނެއްވާ ބަލާކަށް ނުތިބެ ތިން ޢަދުއްވުން އައީ ރުޅިއަރައިގެންނެ ފެށެވޭ ޤިތާލަށް ޢަލީ، ޙަމްޒަތާ، އަދި ޢުބައިދާ ނެރުއްވާ އެމީހުންގެ ވަސް ދުނިޔެއިން ފިއްލެވީ ކުރަންވީ ހަނދާނާއި.. ޢުބައިދަތު، ޒަޚަމަކުން ޝަހީދެއްގެ ގޮތުގައި ރަސޫލާގެ ފައިންޕުޅު މަތީ އޮންނަވައިގެން ނަޞީބާ ނަޞްރު ދެދުނިޔޭން އާދެ! ލިބިގެން ސުވަރުގޭގެ މާތް މީރުވަސް ހޯއްދެވީމީ ކުރަންވީ ހަނދާނާއި.. އަލުން އާދެ! ސަފުތައް އެޙިކުމަތްފުޅުންނޭ މުޅިން ރާއްވަވާ ޖެއްސެވީ ހަމަތަނުންނޭ ސަފުން ނުކުމެ ދުރުގާ އިށީދެން އެތާ އެންމެ ޝަރުސެއް ވަނީ ފޮރުވިފާމީ ކުރަންވީ ހަނދާނާއި.. ރަސޫލާގެ މާތް ބޮންތި ކޮޅު އޭނަ ބަނޑުގައި މަޑުން ޖައްސަވާ ލައްވަވާ ހެޔޮކުރެއްވީ އަލުން އިސްނަގައި ދެންނެވީ ބަދަލު ހިފުމަށް ނަބިއްޔާގެ ހަށިކޮޅު އެތާ ދެއްކެވީމީ ކުރަންވީ ހަނދާނާއި.. ޖަހީމުގެ ހުޅެއް ނުމެހިފާނޭ އެމީހާ ތިމާ ބީހިފައިވާ ހިނދެއްގައި މިގޮތުގައި ސަވާދުގެ ލޮލުން ކަރުނަ އޮއްސާ އެ ބޮސްދީ ޢަފުދެއްވުމަށް އެދި އެ ހިނދު ދެން ކުރަންވީ ހަނދާނާއި.. ނުހަނު ރިވެތި ޚުޠުބާއަކަށް ފަހު އެތާނގައި އަމުރު ދެއްވެވީ ފެއްޓުމަށް ހެޔޮ ޖިހާދަށް މިލަޝްކަރު ތެރޭ މާތް އުޑުން އާ ދެ މަލަކުން ނަޞްރު ދެއްވަވާށޭ ވަޑައިގެންނެވީމީ ކުރަންވީ ހަނދާނާއި.. އެސާހިތަކު މައިދާން ގަރަބުވެވި ހިނގައްޖޭ ޢަދުއްވުން ބިރުން ތިބި ޢަލާމާތް ފެނިއްޖޭ އެހާބޯ ޢަދާވަތުގެ ލަޝްކަރު އެލިއްޖޭ ޢަޖާއިބުގެ އެއްވަނަ ޢަޖާއިބު ދެކޭމީ ކުރަންވީ ހަނދާނާއި.. މިއުންމަތުގެ ފިރުޢައުނު ވެސް ޤަތުލުވީތާ ވަކިން އަދި ޢަދާވާތް އިތުރު ފާޅުވެވިގެން ފިލާވަޅު މިމާތް ޤުދުރަތުގެ ދެއްކެވީތާ ޒަމާންތައް ހަނދާންކޮށް ކުރާ ޔާދުތާމީ ކިހާމަދު ބައެއްތޯ އެގަދަފަދަ މިވީދެން އެހާ ގިނަ ޢަދަދަކާއި ހަނގުރާމަކޮށްގެން ތެދޭ ނަޞްރަކީ އިޒުނައޭ މާތް އިލާހީ މިދޭހަށް ޔަޤީންކޮށްލަދިން ވާޤިޢުމީ އެއީ ހޯމަދުވަހޭ ސަތާރަވި މި ރަމަޟާން އެތައް މުޢުޖިޒާތެއް ގެނައިދީ އެ ރަމަޝާން މިމައްސަރުގެ ބަރަކާތް އިތުރު ދެއްވަވާނދޭ އިލާހީ މިއުންމަތް އެދޭ ހެޔޮ އެދުންމީ

Ismaili Tasbih | Mushkil Aasan Zikar Tasbih with Mawlana Hazar Imam(A.S)'s Blessings | 1hr Non-Stop

ساعة من السكينة مع القرآن❤️😌 | تلاوة هادئة للنوم والاسترخاء🕊️🎧 | Deep Tranquility

Phir Bhi Ghar Waqt Ke Zaalim Zulm Aur Insaf Par Dil Hila Dene Wali Nazm Shahid Tandvi

Ihavandhoo ah genevunu Anbaru mas

Assavaandhey dhua alhuge yaazal ulaa - MadhahaMV

Quran recitation in a peaceful voice I Alfatiha, Yasin, AlWaqiah, Arrahman, -By Alaa Aqel

Mera Payamber Azeem tar hai - Urdu Audio Naat with Lyrics - Muzaffar Warsi

God Says:"MY CHILD, I NEED TO SEE YOU URGENTLY!"/God Message Now/God Message

Ey Saahiba - Haajaraagey Thaufeeq | Dhivehi Madhaha |

Ismaili Tasbeehat | Combination "REHMAT" Blessings for New Year

Enme Maaiy Dhathuru (Hajju Dhathuru) by Shifna - lyrics

11 Shukrana With Mushkil Asaan Tasbih | Ya Ali Adrikani | Ya Ali Aghisani | 1 Hour Daily Zikr

Ey Saahibaa, Ey Saahibaa - Haajaraagey Mohamed Thowfeek

رقية البيت | سورة الفاتحة البقرة الكهف يس الواقعة الرحمن الملك الصافات الدخان الجن الزلزلة الاخلاص,

به امید آمده ام خانه خرابم نکنی.... #خدا #مناجات #دعاء #خواستن

Nudhaashiyey Ey Shazaa E Ramlaan - Holhudhoo Abdulla | Dhivehi Madhaha |

Mi Kudakuda Loabi Naana - Jeymu Dhonkamana | Dhivehi Lava |

